ސިނަމާލެ ބްރިޖު އެއަރޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ފަތިހު 5:25 ހާއިރު އެވެ.

Ad
rt

ބްރިޖު އެއަރޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހިނގި މި ހާދިސާގައި ސައިކަލުގައި އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް މިހާރު އައި.ޖީ.އެމް.އެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ޙާލަތު ސީރިއަސްކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ،

ފުލުހުންގެ ފަރާތުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.