ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، މިދިޔަ އެކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އާންމު ކުރި މި ޤަވާއިދުގެ ދަށުން ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން 173 ރިސޯޓެއް މިހާރު ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.

Ad
rt

މި އަމަލުކުރަން ފެށި ދުވަހުން ފެށިގެން ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ މުއްދަތެއް އެމްއެމްއޭ އިން ވަނީ ދީފައެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީވާން ޖެހެނީ، އެމްއެމްއޭއިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއްގަ އެވެ. އެ ޕޯޓަލްގައި ރިސޯޓުތަކުގެ މައުލޫމާތުތައް ހިމަނަން ޖެހެ އެވެ.

ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން އެއް ރިސޯޓު ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާކަމަށް އެމްއޭއިން ބުނެފައިވާއިރު، އެ ބޭންކްގެ އާ ގަވައިދުތަކާ އެއްގޮތަށް ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން ވަނީ އެމްއެމްއޭގައި އެދިފައިކަމަށް ވަނީ އަޑު ފެތުރިފައެވެ.

މިގޮތުން މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވައި އޭނާގެ ރިސޯޓްތައް ހިންގާ ތިން ކުންފުނި ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން ވަނީ އެމްއެމްއޭ އަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީ އެއް ވެސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.