ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފި އެވެ.

17 ޑިސެންބަރު 2019 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގެ ނަމްބަރު 246/246/2019/62 އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާންމުކޮށްފައިވަނީ މިއަދުއެވެ.

Ad
rt

މިލިސްޓް އެއިދާރާގެ ނޯޓިސްބޯޑާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެކަމަށް ބުނެފައިވެއެވެ.

މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުމަތިން އެންފަހުން ގޯތި ދޫކުރި ސަރަހައްދުގެ އިރަށް މަގެއް ނެގުމަށް ފަހު މަގުގެ އިރުން 2000 އަކަފޫޓު (50*40) ގެ 20 (ވިހި) ގޯއްޗެވެ.