ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފިއެވެ.

ބޯކޯ ރައީސްކަމަށް އިންތިޚާބުވީ އެ ޤައުމުގެ ވެރިކަމުގައި 60 އަހަރާ ގާތަށް ހުރި ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) ބަލިކޮށް، އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވުމަށްފަހުއެވެ.

Ad
rt

54 އަހަރުގެ ބޯކޯ ހުވާކުރެއްވީ ހުކުރު ދުވަހު، ޤައުމީ ސްޓޭޑިއަމްގައި ހާޒިރުވެ ތިބި އެތައްހާސް މީހުންގެ ކުރިމަތީގައެވެ. އޭނާ ހުވާކުރައްވާފައި މިވަނީ އޭނާގެ ޕާޓީ، އަމްބްރެލާ ފޮރ ޑިމޮކްރެޓިކް ޗޭންޖް (ޔޫޑީސީ) އިން ވޯޓު ފޮށިތަކުން ބީޑީޕީ ބަލިކުރި ތާ 9 ދުވަސް ފަހުންނެވެ.

"60 އަހަރާ ގާތަށް، އަޅުގަނޑުމެންގެ ޑިމޮކްރަސީ ދެމިހުރީ ނުވެއްޓި، ސާބިތުނުވެ އަދި ޓެސްޓު ނުކުރެވިއެވެ. މި އަހަރުގެ އޮކްޓޯބަރު 30 ގައި، އަޅުގަނޑުމެން އެންމެން އެކުގައި މި ޑިމޮކްރަސީ ޓެސްޓު ކުރީމެވެ،" ބޯކޯ ވިދާޅުވިއެވެ.

"ފަޚުރުވެރިކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރޭ އަޅުގަނޑުމެން މި ޓެސްޓުން ވަރަށް ރަނގަޅަށް ފާސްވެއްޖެކަން،" ބޯކޯ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި ބޭއްވުނު އިންތިޚާބުގައި، ބޯކޯގެ ވައަތުފިޔައިގެ ޔޫޑީސީ އިން ޕާލިމެންޓުގެ 36 ގޮނޑި ކާމިޔާބުކުރިއެވެ. އެއާ އަޅާބަލާއިރު ކޮންޒަވޭޓިވް ޕާޓީ ބީޑީޕީ އަށް ލިބުނީ އެންމެ 4 ގޮނޑިއެވެ. މިއީ 1966 ގައި އިނގިރޭސިވިލާތުން މިނިވަންވި ފަހުން، ގަހަނާގެ މުއްސަނދިކަން އޮންނަ ބޮޓްސްވާނާގެ ވެރިކަން ކުރަމުން އައި ޕާޓީއަށް ލިބުނު ހައިރާންކުރުވަނިވި ބަލިކަށިވުމެކެވެ.