މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި، މި ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ދަނީ ކުރައްވަމުންނެވެ.

އެކަންކަން ފުރިހަމަވުމުން، އެ ސްކީމްވެސް އިޢުލާންކުރައްވާނޭކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ޢިމާރާތްކުރުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމުގެ ދަށުން، ސަރުކާރުގެ ކުންފުންޏަކާ އެކުގައި މަސައްކަތްތަކެއް ކޮށްގެން، ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި ގެ އެޅޭނޭ ލުއި ގޮތްތަކެއް ހޯދައިދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސްގެ ވަޢުދެކެވެ.