ކުޅުދުއްފުށި ސިޓީ، ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި ހާދިސާގެ ރިޕޯޓް މިރޭ 21:13 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވީ މީހުން ދިރިއުޅޭ "ސަމޭދާން" ނަމަކަށް ކިޔާ ގެއެއްގައެވެ.
އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންނަށް ނިއްވާލެވުނީ މިރޭ 22:25 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވިނަމަވެސް ނަމަވެސް އެގޭގެ ބޮޑު ބައެއް ވަނީ އަނދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!