ދެކުނުގެ ރަށެއްގައި ހިނގާފައިވާ ދެ އަހަރުގެ ކުއްޖަކު " ރޭޕް" ކުރި މައްސަލައިގައި ބައިވެރިވާ އެންމެން ހައްޔަރު ކުރުމަށް ތިމަރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އަބުދު ﷲ ރިޔާޒް ގޮވާލަށްވައިފިއެވެ.

" ދެ އަހަރުގެ ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގަން ހިތަށްއަރާނީވެސް ނުވަތަ ހިންގާނީވެސް އިންސާނުންގެ ސިފާގައި ތިބި ޖަނަވާރުތަކެއް "

Ad
rt

18 ވަނަ މަޖިލިސްގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރކަންވެސް ކުރައްވާފައިވާ ރިޔާޒް ވިދާޅުވެފައި ވެއެވެ.

އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އަބުދު ﷲ ރިޔާޒް ވަނީ ގޮވާލަށްވާފައެވެ.

ފުލުހުން ވަނީ ކުޑަކުއްޖާ ނިސްބަތްވާ ރަށުން 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކުޑަކުއްޖާގެ ކާފައާއި މުނިކާފައެވެ. އެ ދެމީހުންގެ ބަންދަށް މިހާރުވަނީ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ހުޅުމާލޭ ފުލެޓް ނަންބަރު 108 ގައި ހުއްޓައި، ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަވެސް ފުލުހުންވަނީ މިހާރު ހައްޔަރުކޮށްފައެވެ.