•  
  •  
  •  
  •  
  •  
  •  

މައްސަލައަކީ ގާނޫނުތައް ތަންފީޒުނުވުން، މަސްއޫލިއްޔަތު އާދާނުކުރެވި ތިބި ފަރާތްތަށް އިސްތިއުފާދެއްވުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ގޮވާލައިފި އެވެ.

ހަރުކަށި އަދަބު ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލު ކުރެވިއްޖެކަމަށާއި ހެކިވަޒަން ކުރުމުގެ މިންގަނޑަށް ބަދަލު ގެނެވިއްޖެކަމަށް ވިދާޅުވެ މުހުތާޒު ވިދާޅުވީ މައްސަލައަކީ ގާނޫނުތައް ތަންފީޒުނުވުންކަމަށެވެ.

މަތިމައްޗަށް އިހުމާލު. މިކަން ސިޔާސީ ނުކުރައްވާ އިހުމާލުވެ މަގާމުގެ މަސްއޫލިއްޔަތު އާދާނުކުރެވި ތިބި ފަރާތްތަށް އިސްތިއުފާދެއްވާ. މިއީވަރަށް ސީރިއަސް މައްސަލަތަކެއް. އިހުމާލުވުން ބަލައިގަންނަން ދަތި. އިހުމާލުގެ ނަތީޖާ އަކީ މަގާމުގެ ކުރިއެރުން ކަމުގައި ހަދާހާ ހިނދަކު ހައްލެއްނުލިބޭނެ. ކޮންމެފަހަރަކު މަހެއްވަންދެއް މިފަދަވާހަކަ ދައްކާފަ ނިންމާލާ ކަމަކަށް މިކަން ނުހެއްދެވުމަށް އަަދޭހާއިއެކު ދަންނަވަން.

މުހުތާޒު މުހުސިން ޖެންޑަރ މިނިސްޓްރީއާއި ފެމެލީ ޕްރޮޓެކްޝަން، ހޯމަ މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލިސް ޓެގު ކުރައްވާ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

1 ޚިޔާލު

  1. އިހުމާލުގެ މިފަދަ އިންތިހާލާއިންސާނީ އަމަލެއް އިބްތިހާލުގެ މައްސަލައަކީވެސް ކޮށްމެރަށެއްގައިވެސް ކައުންސިލެއް އޮވޭ ކޮބައިތޯ އެފަރާތްތަކުގެ ޒިއްމާއަކީ އިބްތިހާލަށް އަނިޔާކުރާކަން އެރަށުކައުންސިލަށް އަދި އަވަށްޓެރިންނަށް އެނގޭ އެކަންފެނޭ ކީއްވެ އެހިސާބަށްދިއުމުގެ ކުރިން ފިޔަވަޅުނޭޅީ މަޑުއްވަރީގެ ކުޑަކުއްޖާ ކައިވެނީގެ ކަންކަންވެސް އެރަށު ގިނަބަޔަކަށް އެނގޭ ކީއްވެ ފިޔަވަޅުނޭޅެންވީ މީވެސް ބައެއްގެ ޒިއްމާއެއް މިކަންކަން ގޯހުންގޯހައްދިއުމުގެކުރިން ބަލާ ހަރުދަނާ ފިތަވަޅުއެޅޭނަމަ މިހިހިސާބަކަށްނުދާނެ

Your email address will not be published.

More in ރާއްޖެ