ބޮޑެތި ކުށްތަކަށް އަރައިގަންނަ ބޮޑެތި އަނިޔާވެރި މުޖިރިމުންނަށް ހިތުން ނުފިލާވަރުގެ ބޮޑެތި އަދަބު ދޭންޖެހޭ ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ފެންކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމްގައި ހުންނެވި އާދަމް އާޒިމް ވިދާޅުވީ، އެފަދަ މުޖުރިމުންނަށް ދޭ އަދަބު ދިނުން ވީހާވެސް އަވަސް ކުރަން ޖެހޭކަމަށެެވެ.

Ad
rt

ބޮޑެތި ކުށްތަކަށް އަރައިގަންނަ ބޮޑެތި އަނިޔާވެރި މުޖިރިމުންނަށް ބޮޑެތި އަދަބު ދިނުން އަވަސް ކުރުމަށް އާދަމް އާޒިމް ގޮވާލެއްވިއިރު، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވެސް ވަނީ ވިދާޅުވެފައެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަވަހަށް ޝަރީއަތް ނިންމުމަކީވެސް އެހާ މުހިންމު ކަމެއް. ނިޒާމު ހިނގާކަން އިހުސާސްވަން ޖެހޭ،" ޝަމީމް ވިދާޅުވެފައިވެއެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ މިހާރުވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އުުމުރުން 33 އަަހަރުގެ ފިރިހެނަކު، ހުޅުމާލޭ ފުލެޓް ނަންބަރު 108 ގައި ހުއްޓާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން މިއަދު ވަނީ ކުޑަކުއްޖާ ނިސްބަތްވާ ރަށުން 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކުޑަކުއްޖާގެ ކާފައާއި މުނިކާފައެވެ. އެ ދެމީހުންގެ ބަންދަށް މިހާރުވަނީ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންގެ އިތުރުން މަޖިލީހުން ވެެސް ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އެކަމާ ދެކޮޅަށް މާލޭގައިވަނީ މުޒާހަރާވެސް ކޮށްފައެވެ.