ދަރިން ރައްކާތެރި ކުރުމަށްޓަކައި އިބުރަތަކަށް ވާފަދަ އަދަބެއް މުޖުރިމުންނަށް ދޭންޖެހޭކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ އަޅުގަނޑުމެންގެ ދަރިން ރައްކާތެރި ކުރުމަށްޓަކައި ލަސްނުކޮށް މުޖުރިމުންނަށް ހައްޤު އަދަބު ދިނުން މުހިންމުކަމަށާއި އިބުރަތަކަށް ވާފަދަ އަދަބަކީ އޭގެ ސަބަބުން މުޖުރިމުން ބިރު ގަނެ ކުށުގެ ވެއްޓަށް ވަނުމަށް ޖެހިލުން ވާ ވަރުގެ އަދަބަކަށް ވާން ވާނެކަމަށެވެ. އަދި އެކަށީގެންވާ ފިޔަވަޅު ކުރިމިނަލަސްއަށް ނޭޅޭނަމަ ފެއިލް ވާނެކަމަށެވެ.

Ad
rt

ދެކުނުގެ ރަށެއްގައި އާއިލާ ބަޔަކުވެގެން 2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު އެއާއިލާގެ މީހުނަށް ކޮށްފައިވާއިރު، މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަމުންނެވެ.

އަދި އެ މުޑުދާރު ޢަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ޝެއިޚް ޒައިދު އިތުރަށް ވިދާޅުވީ، 2 އަހަރުގެ ތުއްތު ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ވާހަކަ އަޑުއެހީ އަޖާއިބުވެހުރެކަމަށެވެ.

“سُبْحَانَ ٱلله! ހިތައް އަހަރީ މިހާނުބައި ޖައްބާރު މީހުންވެސް އުޅޭބާއޭ ހަމަ އަޅުގަނޑުމެންގެ ތެރޭ”

ޒައިދު ވިދާޅުވެފައިވެއެވެ.

އަދި މިކަން ސާބިތު ވެއްޖެނަމަ ދަޢުލަތުން މިކަހަލަ މީހުންނަށް މަރުގެ އަދަބު ދިނުމަށްވެސް ޒައިދު ވަނީ ގޮވާލާފައެވެ.