ޣައްޒާގެ ފަލަސްޠީނު ދަނޑުވެރިންނަށް އާމްދަނީގެ މުހިންމު ވަސީލަތެއް ކަމުގައިވާ ޒައިތޫނީ މޫސުމަށް އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ނުހަނު ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި ބިންތަކަށް އަރައިގަތުމުގެ ސަބަބުން، ޣައްޒާގައި އޮތް ގިނަ ޢަދަދެއްގެ ޒައިތޫނީ ބަގީޗާތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ނާޒުކު ހާލަތަކަށް ވެއްޓިފައެވެ.
އިސްރާޢީލްގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި މި އަހަރުގެ ޒައިތޫނީ މޫސުމުގައި ލިބުނު އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މި ބާވަތުގެ މައްޗަށް ބަރޯސާވާ ދަނޑުވެރިންގެ މުސްތަޤުބަލު ވަނީ އަނދިރިވެފައެވެ. ޒައިތޫނީ ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން، ފަލަސްޠީނުގެ ގިނަ އަދަދެއްގެ އާއިލާތަކުގެ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.
ޣައްޒާގެ ދަނޑުވެރިކަމުގެ ދާއިރާގެ ބަސް ބުނާ ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ޒައިތޫނީ ދަނޑުތަކަށް ލިބުނު ގެއްލުމުގެ އަސަރު އަންނަ އަހަރުތަކުގައިވެސް ފެންނާނެއެވެ. އަދި މި ސިނާޢަތު އަލުން އާރާސްތުކުރުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ވަނީ އިތުރުވެފައެވެ. އަދި ޣައްޒާގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުންތައް އިތުރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!