ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަބުދުﷲ މިޔާދު، 40އ، ގ. ސަންސަންގެއާގެ/މާލެ އެވެ.

Ad
rt

ފުލުހުން މިރޭ ބުނީ އަބުދުﷲ މިޔާދުގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށާއި އަދި އެހެނިހެން މީހުންނަށް ވެސް މަރާލާނެކަމަށްބުނެ މަރުގެ އިންޒާރުދީ، އެކި ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އެކައުންޓުން އެއްޖިއްސުން ގުޅުން ހިންގަން ހިތްވަރުދީ ޕޯސްޓްތައްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މީނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.