އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެކަމުގައި ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމުގެ އަމަލުތަކަށް އަހަރެއް ފުރިފައިވާއިރު، އެކަމުގެ އަގު އެ ޤައުމުން އަދާކުރަން ޖެހޭނެ ކަމަށެވެ.

Ad
rt

އެކްސް މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ރައީސް އުރުދުޣާން ވިދާޅުވީ، "މި ނަސްލު ނައްތާލުމުގެ ގަތުލުއާންމަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ ނުބައި ޢަމަލުތަކުގެ އަގު އިސްރާއީލުން އަދާކުރަން ޖެހޭނެކަން ހަނދާން ނައްތާލައިގެން ނުވާނެ" ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އުރުދުޣާން ވިދާޅުވީ، "އިންސާނިއްޔަތުގެ އެކުވެރި އިއްތިހާދުން ހިޓްލަރު ހުއްޓުވި ފަދައިން، ނަތަންޔާހޫ އާއި އޭނާގެ މަރުގެ ވިއުގަވެސް ހުއްޓުވޭނެ" ކަމަށެވެ.

މީގެ އިތުރުން ރައީސް އުރުދުޣާން ވިދާޅުވީ، "މިއަދު ޣައްޒާ، ފަލަސްޠީނު އަދި ލުބުނާނުގައި މަރުވަމުންދަނީ އަންހެނުންނާއި، ކުޑަކުދިންނާއި، މަޢުޞޫމު ރައްޔިތުން އެކަންޏެއް ނޫންކަމަށެވެ. އިންސާނިއްޔަތުކަމާއި ބައިނަލްއަޤްވާމީ ނިޒާމުވެސް މަރުވަމުން ދާ ކަމަށެވެ.

އުރުދުޣާން ފާހަގަކުރެއްވި ގޮތުގައި، އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގައި 50،000 އަށްވުރެ ގިނަ މީހުން މަރާލެވިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭ ގޮތަށް ޣައްޒާގެ ގިނަ މުއައްސަސާތަކެއް ވަނީ ހަލާކުކޮށްލާފައެވެ.

"ގިނަ ނޫސްވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި، ސުލްޙައިގެ ސަފީރުން މިހާރު އަޅުގަނޑުމެންގެ ތެރޭގައި ނެތް" އެރްދޯއާން ވިދާޅުވިއެވެ.

"އަހަރެއްހާ ދުވަހުގެ ތެރޭގައި، ދުނިޔޭގެ ލޮލުގެ ކުރިމަތީގައި މަރުވަމުން މިދަނީ އިންސާނިއްޔަތުކަމާއި އިންސާނިއްޔަތުގެ މުސްތަޤުބަލަށް އޮތް ހުރިހާ އުންމީދެއް" ކަމަށް އެރްދޯއާން ވިދާޅުވިއެވެ.

"ޣައްޒާގައި ހިންގާފައިވާ ނަސްލު ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ޖަވާބުދާރީ ނުކުރެވޭ ދުނިޔެއަކަށް ދުވަހަކުވެސް ސުލްޙަ ނުލިބޭނެ" ކަމަށް އުރުދުޣާން ވިދާޅުވިއެވެ.