އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީއާއި އާސެނަލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ލިވަޕޫލުން ވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. މެޗުގެ ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ނުވަވަނަ މިނެޓުގައި ގަކްޕޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ.

Ad
rt

މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން ވަނީ 3-2 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ޑޯކޫއާއި ކޮވެސިޗެވެ. ކޮވެސިޗް ވަނީ ދެ ލަނޑު ޖަހާފައެވެ. ފުލަމްއަށް ލަނޑުތައް ޖަހައިދިނީ ޕެރޭރާއާއި މުނީޒްއެވެ.

މިރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ ފަހަތުން އަރާ 3-1 ގެ ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފައެވެ. މި މެޗުގައި އާސެނަލް އަށް ލަނޑުތައް ޖަހައދިދިނީ ކައި ހަވާޓްޒް އާއި ސަކާގެ އިތުރުން މާޓިނެލީއެވެ. ސައުތެމްޓަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކެމެރޮން އަޗާއެވެ.

ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. ދެވަނާގައި ސިޓީއަށާއި ތިންވަނާގައި އޮތް އާސެނަލަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.