"ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް

C4D7D638-DA4C-428C-B309-261569FE5CCA

ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީއަގުލިބޭ ބާވަތްތައް އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި "ވިޔަފާރީގެ އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބޭއްވުމަށް ހަމަޖެހިފަިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފިޝަރީޒް މެނޭޖްމަންޓް ޔުނިޓް އިން ބުނެފިއެވެ.

މިތަމްރީން ޕްރޮގްރާމުގެ މަޤްޞަދުތަކަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް މެދުވެރިކޮށް ރަށުފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތަށް ގަންނަފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެފަރާތްތައް އަޙުލުވެރިކުރުވުމެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މިގޮތުން މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:
⇐ މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
⇐ މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް.
⇐ ލޭބަލްކުރުމާއި ބަންދުކުރުން.
⇐ މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓަނެގޮތް
⇐ މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭގޮތް
⇐ އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާރކެޓް ކުރާނެ ގޮތް.
⇐ އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތް

އެމިނިސަޓަރީން ބުނީ މި ޕްރޮގްރާމުގައި ކުދި އަދި މެދުފަންތީގެ ވިޔަފަރިކުރާފަރާތްތައް، ދެޖިންސުގެ ޒުވާނުން / މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންފުޅުވާ އެންމެހާ ފަރާތްތައް ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ.

ތަމްރީން އަމާޒް ކުރާ ފަރާތްތަކަކީ ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ބޭނުންވާ ޒުވާނުންނާއި މަހުގެ ތަފާތު އުފެއްދުން ތައްޔާރުކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށާއި އުމުރުން 18 އަހަރުވެފައިވުން އަދި (18 އަހަރުންދަށުގެ ކުދިން ބެލެނިވެރިންގެ ހުއްދަލިބިގެން). ބައިވެރި ވެވޭނެކަމަށެވެ.

27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް އަދި ކައުންސިލް އިދާރާތަކަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *