މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ މާލޭގެ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ކަމަށެވެ.

Ad
rt

މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:01 ހާއިރުއެވެ.

މި ހަމަލާ އަމާޒު ވެފައި ވަނީ ދިވެހި ފިރިހެކަށެވެ. އެމީހާ ޒަޚަމްކޮށްލުމުން އެވަގުތު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.

އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.