މާދަމާއިން ފެށިގެން ސިޔާސީ ޕާޓީތަކުން މެންބަރުކަމުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފިއެވެ.
އީސީން ކުރި ޢިއުލާނެއްގައި ބުނީ، 3 އޮކްޓޯބަރު 2024 ވަނަ ދުވަހުން ފެށިގެން، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.
މިގޮތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އެ ކޮމިޝަނުގެ އޮންލައިން ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!