އީރާނުން އިސްރާއީލާ ދެކޮޅަށް ތެދުވެ އިސްރާއީލަށް މިސައިލް ހަމަލާދީފިއެވެ.
އަލްޖަޒީރާއިން ބުނީ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން، އިސްރާއީލަށް އެތައް މިސައިލްތަކެއް ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލްގައި ހުރި އެ ނޫހުގެ ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިރާނުން ދޫކޮށްލި މިސައިލްތަކުގެ އަޑު އޭނާ ހުރި ހިސާބާއި ކައިރި ސަރަޙައްދުން އިވުނު ކަމަށެވެ.
މި ހަމާލާތަކާއި ގުޅިގެން އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާދި ދެންމެއަކު އިރާނުން އެ ގައުމަށް މިސައިލް ހަމަލާތައް ދޭން ފަށާފައިވާކަމަށެވެ. އަދި ރައްޔިތުން ވިސްނުންތެރިކަމާއެކު ތިބުމަށާއި ރައްކާތެރި ތަންތަނުގައި ތިބުމަށް އެދޭ ކަމަށް ބުނެފަވެއެވެ.
ޕެންޓަގަންގެ ނަން ހާމަނުކުރާ ތިން އޮފިޝަލުންނާއި ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ، އިސްރާއީލަށް އިރާނުން ދިން މިސައިލް ހަމަލާގައި މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށްފައި ނުވާ ކަމަށެވެ.
އީރާނުން ތިން ފަހަރެއްގެ މަތިން އިސްރާއީލަށް މިސައިލް ހަަމަލާތަކެއް ދީފައިވެއެވެ.
މި ހަމަލާތައް ދިނުމަށްފަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ މި އޮޕަރޭޝަން ނިންމާލާފައިވާކަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!