އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ވެސް އެކަމުގެ ޝަކުވާއެއް ވެސް އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރަސްދޫގެ އާންމު ތަންތަނާއި، ގޮނޑުދޮށުގައި ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ބަރަހަނާ މަންޒަރުޅެ އިންޓަނެޓްގައި އާންމުކޮށްފައިވާ ކަމަށް މީސް މީޑިއާގައި ވަނީ އަޑެއް ފެތުރިފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރަސްދޫގެ މަގުތަކާއި ވީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި ޝަކުވާއެއް ވެސް މިހާތަނަށް އެ އިދާރާއަށް ހުށަހެޅިފައިނުވާ ކަމަށެވެ.
އެހެންނަމަވެސް އެފަދަ ވާހަކައެއް މީސްމީޑިއާގައި ފެތުރޭތީ ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!