ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މިގޮތަށް ނިންމާފައި މިވަނީ އެ މަނިކްފާނަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ.
ކޭމް މެދުވެރިކޮށް މި ސަރުކާރުން ވަނީ ތާރީހީ ނިންމުމެއް ނިންމާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު ކޭމް އިން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފައެވެ. އެއީ ރާއްޖޭގައި މިފަދަ ސައިޓްތައް ބްލޮކް ކުރި ފުރަތަމަ ފަހަރެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެކުލަވާލި އޮނިގަނޑުގައި ކޭމް އޮތީ އަލަށް އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުގައެވެ.
މި ބަދަލާއިއެކު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އެ އިދާރާތަކަކީ މޯލްޑިވްސް އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ނޭޝަނަލް ސައިބާ ސެކިއުރިޓީ، ލޭބަ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ)، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!