ބްރިޖާއި ހައިވޭމަތީގައި މާގަސްތަކެއް ސައިކަލަށް އަރުވައިގެން ދުއްވި މީހާއާއި މެދު މިއަދު ފިޔަވަޅު އަޅާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ވާހަކަމަށެވެ.

Ad
rt

ފުލުހުން ވަނީ މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ސައިކަލަށް ބައިވަރު މާގަސްތަކެއް އަރުވައިގެން މީހަކު ބްރިޖު ހުރަސްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ރޭގައެވެ.

ސައިކަލުގެ ވަށިގަނޑުގައި މާގަސްތަކެއް އަރުވައި އަދި ސައިކަލުގެ ފަހަތުގައި ފުޅިމަދު ފޮށިގަނޑެއް ބަހައްޓައި އޭގެތެރޭ ވެސް މާގަސްތައް ބަހައްޓާފައި ހުއްޓާ އެ ވީޑިއޯއިން ފެނެއެވެ. އދި ކޮތަޅަށް މާގަސް ލުމަށް ފަހު މުއްގަނޑުގައި އަޅުވާލާފައި ހުންނަތަން ވެސް އެ ވީޑިއޯއިން ފެނެއެވެ. ސައިކަލް ދުއްވަން އިން މީހާ އިންނަނީ ހެލްމެޓް އަޅައިގެންނެވެ.