ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދެއެއްގައި ރޭ ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު، އިޓަލީން ކާމިޔާބު ކޮށްފިއެވެ. އިޓަލީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ ފްރާންސުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ.
ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ފްރާންސަށް ލީޑު ހޯދައިދިނީ ބާކޯލާއެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 30 ވަނަ މިނެޓުގައި ޓޮނާލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑިމާކޯ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓްގެ ތެރޭ މަޓެއޯ ރެޓޭގީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފްރަޓޭސީ ވަނީ ލަނޑުޖަހައި އިޓަލީއަށް ލީޑު ނަގައިދީފައެވެ. މެޗުގައި އިޓަލީގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ރަސްޕަޑޯރީއެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ބެލްޖިއަމްއާއި އިޒްރޭލު ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެލްޖިއަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!