ގެއްލިގެން ހޯދަމުންއަން، މ. އަސަރީ ހަނދާން ގޭގެ ތަސްލީމް މުހައްމަދު (43 އަހަރު) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމަށް ކަށަވަރު ނުވެއެވެ.

Ad
rt

އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ، ތަސްލީމް ގެއްލުނު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބަލާފައިވެއެވެ. އަދި ފިނޮޅު ކައިރިން ކަނޑުގެ އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލާފައިވެއެވެ.

ތަސްލީމްގެ އާއިލާއިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެއްލިގެން ހޯދަމުންދާކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ.

އާއިލާއިން ބުނީ ހުވަފެންފުށި ކައިރި އޮންނަ ސޭންޑް ބޭންކް އަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ތަސްލީމު ގެއްލިފައިވާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7433331 އަށް ގުޅައި އާއިލާއަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އެދޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަސްލީމް މުހައްމަދު އަކީ މާލެ ސިޓީ ކައުންސިލުގައި އިލެޓްރީޝަނަކަށް މަސައްކަތް ކުރާ މީހެކެވެ.