ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދާދި ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ތަސްލީމްގެ އާއިލާއިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެއްލިގެން ހޯދަމުންދާކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ. އާއިލާއިން ބުނީ ހުވަފެންފުށި ކައިރި އޮންނަ ސޭންޑް ބޭންކް އަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ތަސްލީމު ގެއްލިފައިވާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7433331 އަށް ގުޅައި އާއިލާއަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އެދޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަސްލީމް މުހައްމަދު އަކީ މާލެ ސިޓީ ކައުންސިލުގައި އިލެޓްރީޝަނަކަށް މަސައްކަތް ކުރާ މީހެކެވެ.