ލޯންޗަކާއި ފެރީއެއް އެކްސިޑެންޓްވެ ތިން ފަތުރުވެރިއަކަށް އަނިޔާވެއްޖެ އެވެ.
ވިލާ ޓްރެވަލްސްގެ ލޯންޗަކާއި މާލެއާއި އެއާޕޯޓާއި ދެމެދު ދަތުރުކުރާ ފެރީއަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:30 ހާއިރުގައެވެ.

“މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ” ފުލުހުން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކްސިޑެންޓްވި ލޯންޗާއި ފެރީވެސް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް މައުލޫމާތު ދެއެވެ.
ފެރީއަށާއި ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ފެރީއަށް ލިބިފައިވާ ގެއްލުންތަކުން ފެންނަ ގޮތުގައި ފެރީގެ މެދާކަށް ހިސާބު ވަނީ އެއްކޮށް ހަލާކުވެފައެވެ. ލޯންޗުގެ ކުރީކޮޅަށްވެސް ގެއްލުންވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!