ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނެއް ކޮށްފިއެވެ.

މި އިޢުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، ތަޙްޤީޤަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ، ދިލާވަރުގޭ، ޝަފުރާ ޢަބްދުﷲ އާދަމް (25 އަހަރު) އެވެ.

Ad
rt

ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ތަޙްޤީޤަކާ ގުޅިގެން، ޝަފުރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މި ބައްދަލުވުން އޮންނާނީ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނުގައި ކަމަށް ފުލުހުންގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ޝަފުރާ ދިރިއުޅޭ ތަނެއް ޔަޤީންކުރެވިފައި ނުވާތީ، ތަޙްޤީޤަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވެއެވެ. މި އިޢުލާނު ކުރެވިފައިވަނީ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

އިތުރަށް ފުލުހުން ހާމަކުރި ގޮތުގައި، ޝަފުރާ ހާޒިރުކުރެވެނީ ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން ސުވާލުކުރުމަށެވެ.