ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވްކަމަށް ހެލްތު މިނިސްޓްރީ ބުނެފިއެވެ.

ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަން ފާހަގަކުރާކަމަށް ހެލްތު މިނިސްޓްރީއިން ބުފައިވެއެވެ.

Ad
rt

ހިމަބިހި ޖެހިގެން ކަމަށް ޝައްކު ކުރެވިގެން މިއަދު ފަރުވާ ދިން ކަމަށް އަޖީއެމްއެޗްއިން ހާމަކުރީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެކުއްޖާ ވަކިން ބާއްވައިގެން އައިޖީއެމްއެޗްގައި ވަނީ އޮބްޒަވޭސަންތައް ކުރިއަށް ގެންގޮއްސައެވެ. އެ ކޭސްގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

އެކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަން ފާހަގަކުރާކަމަށް ހެލްތު މިނިސްޓްރީއިން ބުފައިވާއިރު، މިއަދު ބޭއްވި ނޫސްވެެިބަގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބިދު ﷲ އަމީންވަނީ، ހިމަބިހިން ސަލާމަތް ވުމަށް ޖަހަން ޖެހޭ ވެކްސިން އެއްގޮތަކަށް ވެސް ނުޖަހައި ތިބި މީހުން އެ ވެކްސިން ޖެހުމަށް އިލްތިމާސް ކުރާކަމަށް ވިދާޅުވެފައެވެ.
‎