ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރުކުރާތަނެއް ބަލާފާސްކޮށް 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާ ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ރެއިޑްގައި ބަލާފާސްކޮށްފައި ވަނީ މއ. ތްރީ މޫންސް ގައެވެ.
އެތަނުން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
''ބިދޭސީން މިތަނުގައި ތައްޔާރުކުރަމުންދިއަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނޭ.'' އިމިގްރޭޝަނުން ބުނެފަވެއެވެ.
ރާއްޖޭފައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ފުޅާ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!