އެމްޑީޕީގެ ފަރާތުން ރާއްޖޭގެ އުތުރަށް ކުރަމުންދާ އުތުރުގެ ދަތުރުގައި، އެމްޑީޕީގެ އުތުރުގެ ދަތުރުގެ ބައިވެރިން ހއ. އިހަވަންދޫގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ.

އެ ގޮތުން ‏އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިހަވަންދޫގައި ދޮރުންދޮރަށް ހިންގަވާފައެވެ.

Ad
rt

މިހާރު އެމްޑީޕީއިން އުތުރަށް ކުރާ ދަތުރުގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ‏ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒާއި، ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުނާއި، އުތުރު ދަތުރުގެ ވަފުދު ވަނީ އިހަވަންދޫގައި ދޮރުން ދޮރަށް ހިންގަވާފައެވެ.

އެމްޑީޕީގެ ފަރާތުން ރާއްޖޭގެ އުތުރަށް ކުރަމުންދާ އުތުރުގެ ދަތުރުގައި، ‏އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫގެ އެމްޑީޕީގެ ސަޕޯޓަރުންނާއި، ޕާޓީއަށް ހެޔޮ އެދޭ ރައްޔިތުންނާ ބައްދަލު ކުރައްވާ މިއަދު ހެނދުނުވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުވުން އޮތީ އިހަވަންދޫ އެމްޑީޕީގެ ހަރުގޭގައެވެ.

އެމްޑީޕީގެ އުތުރުގެ ދަތުރުގެ ބައިވެރިން އުތުރުގެ ދަތުރު ކުރައްވަނީ ހދ. ކުޅުދުއްފުށީ ސީ ކްއީން ބޯޓުގައެވެ.