އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ (2024/25) ފުރަތަމަ މެޗުގައި ފުލަމް އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 1-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާގެ ހުރަހަކަށް ވީ ފުލަމްގެ ގޯލް ކީޕަރ ލެނޯއެވެ.
މިހާފުގައި ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރ މައިނޫ އާއި މިޑްފީލްޑްރ ކަސެމީރޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ދެ ހަމަލާ ގޯލާއި އަމާޒުވާގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ފުލަމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ތަނަވަސްވީ ފުރުސަތުގައި އޭރިއާ ބޭރުގައި ހުރެ ޓެޓޭ ފޮނުވާލު ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރ އޮނާނާއެވެ.
Job done ➕3️⃣#MUFC || #MUNFUL pic.twitter.com/TZNKYKZNnj
— Manchester United (@ManUtd) August 16, 2024
ދެވަނަ ހާފުގެ ކުރީކޮޅު ރަޝްފޯޑް، ފުލަމްގެ އޭރިއާ ތެރެއިން ތަނަވަސް ކޮށްދިން ފުރުސަތުގައި ލަނޑުޖަހާނެ ރަނގަޅު ބޯޅައެއް މައުންޓަށް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވެސް ވީ މެޗުގައި މޮޅަށް ކުޅުނު ފުލަމްގެ ކީޕަރ ލެނޯއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް އިޓަލީގެ ބޮލޯނިއާ ދޫކޮށް ޔުނައިޓެޑާއި ގުޅުނު ނެދަލެންޑްސްގެ ފޯވާޑް ޒާކްޒީއެވެ. ފުލަމްގެ އޭރިއާތެރެއަށް ގަނާޗޯ ހުރަސްކުރި ބޯޅަ ޒާކްޒީ ވަނީ އަރާ އެ ބޯޅައިގައި ޓަޗްކޮށް ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ. މިއީ ޒާކްޒީ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!