ޒުވާނުންނަށް އަމާޒުކޮށްގެން "ޕިޗް ރައިޓިންގ" މުބާރާތެއް ބާއްވަން ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ.
ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ބުނީ، މި މުބާރާތަކީ ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ކަނޑައަޅާފައިވާ ޝިއާރުގެ ދަށުން ބާއްވާ މުބާރާތެއް ކަމަށެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ކަނޑައަޅާފައިވާ ޝިއާރަކީ " ފްރޮމް ކްލިކްސް ޓު ޕްރޮގްރެސް: ޔޫތު ޑިޖިޓަލް ޕާތްވޭސް ފޯ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް" އެވެ.
މި ޝިއާރާއި ގުޅުވައިގެން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް ހުޅުވާލާފައި ވަނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޕިޗް ހުށަހަޅާ ފަރާތްތައް ހޮވޭ އެއް ފަރާތްތަކަށް އިނާމު ދޭން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 31 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ހަމައަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން އީމެއިލް ކުރަން ޖެހެނީ ޒުވާނުންނާއި ފަންނާބެހޭ ވުޒާރާގެ info@youth.gov.mv އަށެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.
ދުނިޔޭގެ ފެންވަރުގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ 12 އޮގަސްޓް 2024 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!