ރެއާލް ސޮސިއެޑާޑްއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑިން މިޑްފީލްޑަރ މާޓިން ޒުބިމެންޑީ ހޯދަން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވެސް ހިމެނޭ، އުމުރުން 25 އަހަރުގެ ޒުބިމެންޑީ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ، މުބާރާތުގެ ފައިނަލް މެޗުގައި އެ ޓީމްގެ ރޮޑްރީ އަށް އަނިޔާވުމާއި ގުޅިގެން ފަހު ހާފުގައި ކުޅެން ނުކުމެ ސްޕެއިންގެ މެދުތެރޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.
ނިމިދިޔަ ސީޒަނަށް ފަހު ޔާގެން ކްލޮޕް ލިވަޕޫލްގެ ކޯޗުކަމުން ވަކިވުމުން، އާނާ ސްލޮތު އެ މަގާމާއި ހަވާލުވި ފަހުން އަދި ލިވަޕޫލަށް އައު ކުޅުންތެރިއަކު ހޯދާފައި ނުވެއެވެ.
ޒުބިމެންޑީ ރެއާލް ސޮސިއެޑާޑް އާއި ގުޅުނީ 2011 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުރަކީ އެންމެ 12 އަހަރެވެ. އެ ޓީމްގެ މެދުތެރޭ މިހާރު އޭނާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރި ސޮސިއެޑާޑް، އެ މުބާރާތުން ކެޓީ ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން ބަލިވެގެންނެވެ. ލަލީގާގެ ޕޮއިންޓް ތާވަލުގެ ހަވަނާގައި އޮވެ ސީޒަން ނިންމިއިރު، ލީގުގައި ކުޅުނު 31 މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!