ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ހަ ތަނެއް ބަންދުކޮށް އެތަންތާގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މިރޭ ބުނީ، ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން މިއަދު ރެއިޑެއް ކުރިއަށް ކުރިއަށް ގެންދިޔަ ކަމަށެވެ.
މި ރެއިޑުގައި ބޯކޮށާ 06 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، މީގެތެރެއިން 04 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެތަންތަނުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!