އައްޑޫ ސިޓީގެ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ވެލިފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ފަރުވާދެމުން އެބަދެއެވެ.
ފުލުހުން ބުނީ، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އައްޑޫ ސިޓީގެ ހިތަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި ހުރި ވެލި ފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ރޭ 23:49 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 23 އަހަރުގެ ޒުވާނާއަށް ވަނީ އަނިޔާވެފައެވެ.
އޭނާ އަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
‘’އިތުރު ފަރުވާއަށް އޭނަ މާލެ ފޮނުވަން އުޅޭކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ’’ ފުލުހުން ބުނެފަވެއެވެ.
ފުލުހުން ބުނިގޮތުގައި އެ އިދާރާއިން ދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހްގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!