ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައެވެ.

ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ޔެލޯވިލާ އަދުނާން (54 އަހަރު) އެވެ. އަދުނާން ހޯދަމުންދަނީ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެފައިވާތީއެވެ.

Ad
rt

ކޯޓަށް ހާޒިރުނުވުމާ ގުޅިގެން، އަދުނާން ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 4 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދުނާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުން ފުލުހުންނަށް ދެއްވަމުންދާ އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.