ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ދާއިމީ ކޮމެޓީއެއްކަމަށްވާ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޮވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އަލަށް އުފެދުނު ގެދޮރުވެރިކަމުގެ ކޮމިޓީގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ނިސްބަތާއި، އެ ކޮމިޓީގައި މެންބަރުން ތަމްސީލުކުރެއްވުމަށް ހުށަހެޅިފައިވާ ގޮތް ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު އެ ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރަކަށް ފަލާހް ވަނީ ހޮވާފައެވެ. ކޮމިޓީގެ ނައިބް ނައިބް މުގައްރިކަށް ހޮވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!