ހއ. އުލިގަމުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އުލިގަމު ކައުންސިލް ސެކްރެޓޭރިއެޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހަކީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުލިގަމު ކައުންސިލާއި ޚިދުމަތް ޖަމިއްޔާއާއި ހޯޕް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރާއި އަދި ތުރުކީގެ އުންމަޖައްޔާއާ ގުޅިގެން ބޭއްވުނު ކޯހެކެވެ.

Ad
rt

މި ކޯހުގައި ޖުމްލަ 60 އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެ އެވެ.

ކޯހުގެ ބައިވެރިންނަށް އަމާޒުކޮށްގެން ދަ ވައިބް އިން މާރކެޓިންގ ތަމްރީނެއް ޖުލައި 17 ވަނަ ދުވަހު ބާއްވާފައިވާކަން ފާހަގަކުރެވެއެވެ. އަދި ކޯހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް 2024 ޖުލައި 4 ވަނަ ދުވަހުގެ ރޭ އުލިގަމު ދަރުބާރުގޭގައި ބޭއްވިފައިވެއެވެ.

މި ކޯހަކީ އުލިގަމުގެ އަންހެން ކަނބަލުންނަށް ފަހަން ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ބޭއްވުނު ކޯހެކެވެ. މިފަދަ ކޯސްތަކުން އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކޮށް، އަމިއްލަ މަސައްކަތްތައް ފަށައިގަތުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.