ރީޖަނަލް އެއަރޕޯރޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ފަށައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓް ކުރަމުންދާ އަދި އޮޕަރޭޓް ކުރުމަށް ތައްޔާރު ވަމުންދާ ބައެއް އެއަރޕޯރޓްތައް ހިމެނެނޭހެން ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވަނީ އިންޑިއާސަރުކާރުގެ އެހީތެރި ކަމާއެކުގައެވެ.
ރާއްޖޭގެ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެއަރ ޕޯރޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަޔަރ ފައިޓަރސް ޓްރެއިނިންގ އެކަޑަމީގައެވެ.
މި ތަމްރީން ޕްރޮގްރާމްގައި ރާއަޖޭގެ ފަޔަރ ފައިޓަރުން ފުރިހަމަ ކުރާނީ ފަޔަރ ފައިޓަރސްގެ ބޭސިކް ޓްރެއިނިންގ ކޯހެވެ.
މިކޯހުގައި ރާއްޖޭގެ އެކި ރީޖަނަލް އެއަރޕޯޓްސްތަކުން 18 ފަޔަރ ފައިޓަރަކު ތަމްރީނު ވުމަށް ބައިވެރި ވެފައި ވެއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެއަރ ޕޯރޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަޔަރ ފައިޓަރސް ޓްރެއިނިންގ އެކަޑަމީގައި މި ކޯސް ކުރިއަށްދާނީ 6 ޖެނުއަރީ 2020 އިން 30 އޭޕްރިލް 2020ގެ ނިޔަލަށެވެ.
މިކޯހުގައި ރާއްޖޭގެ އުތުރުގެ ހދ. ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓުން 4 މީހުން، ހދ. ކުޅުދުއްފުށީ އެއަރޕޯރޓުން 5 މީހުން އަދި ށ. ފޮނަދޫ ހަދަމުންދާ އެއަރޕޯޓުން 4 މީހުން ބައިވެރިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!