ފޮނަދޫ އައު އޮފީސް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.
ފެނަކައިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ލ.ފޮނަދޫގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް ކުރަން ފުރުޞަތު ހުޅުވާލާކަމަށެވެ.
ލ. ފޮނަދޫ ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައި ވަނީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެމަށެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 12 ޖަނަވަރީ އިން 15 ޖަނަވަރީ 2020 އަށެވެ. އެމުއްދަތުގައި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ދީފައިވާ ގަޑިއަކީ އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.
އެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ އެންމެފަހު ތާރީޚަކީ، 21 ޖަނަވަރީ 2020 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖަނަވަރީ 2020 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
އެކުންފުނިންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އިންޖީނުގޭތަށް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޖީނުގެ ގާއިމު ކުރެވިފައި ހުރި ސަރަޙައްދު ތަކުގެ ގޮތުން އާންމުންނަށް އުނދަގޫ ފޯރުމާއި، ޚިދުމަތް ދިނުމަށް ކުންފުންޏަށްވެސް ދިމާވާ ދަތިތައްފަދަ ސަބަބުތަކާހުރެ ހުރި ސަރަހައްދު ބަދަލު ކުރަން ބޭނުންވެ، ނުވެ ހުރި 26 ރަށެއްގެ އިންޖީނުގެތަށް ހުރި ސަރަޙައްދުތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢު 2019 ވަނަ އަހަރުން ފެށިގެން އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
މިއަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!