ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ބިލްޑިންގގައެވެ.
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު 91 ފުލުހުން މިއަދު ވަނީ ހުވާކޮށްފައެވެ.
މީގެ ތެރޭގައި ހިމެނެނީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުން އަދި ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ.
ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ފުލުހުންގެ މުއައްސަސާގެ މިޝަންއަކީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ފުލުހުންގެ ޚިދުމަތެއްގެ ތެރެއިން ގުޅިގެން މަސައްކަތްކޮށް, ކުށާއި ކުށުގެ ބިރުވެރިކަން ދަށްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!