މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ވިއެޓްނާމްގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިމިގްރޭޝަންގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާލޭގައި ހަށިވިއްކާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި ހާއްސަ ރެއިޑް އޮޕަރޭޝަން ހިންގާފައިވަނީ ޓާސްކް ފޯސްއިންނެވެ.
ހައްޔަރުކުރެވުނު ދެ އަންހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!