ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
ލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ރޭ ދަންވަރު ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަަމަށެވެ.
މި މާރާމާރީގައި 46 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާއިރު، އެ މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!