ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި 46 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.
އެ މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ފަރުވާއަށްފަހު އެމީހާ ވަނީ މިހާރު ދޫކޮށްލާފައެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާއިގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!