މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަމް އިއުލާންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއްޔެ އިއުލާނެއްގައި ބުނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.

Ad
rt

ޕީސީބީން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ބޭނުންވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު ކަމަށެވެ.

މި މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހު ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހުއެވެ.