ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި، ރިވެޓްމަންޓް މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ،

Ad
rt

މި މަޝްރޫއުގެ ދަށުން ގްރޮއިންސް މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަަަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.