މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް މުޑިއެރި ހާދިސާގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުއަޑިން ނަގައިފިއެވެ.

އެމްއެންޑީއެފް ޑްރައިވަރުން އެ ޑިންގީ ނަގާފައިވަނީ ބ. ދޮންފަނު ހުޅަނގުން 0.5 ނޯޓިކަލް މޭލް ބޭރުން 46 މީޓަރު އަޑިންނެވެ.

Ad
rt

މި ޑިންގީ މިހާރުވަނީ ބ. ދަރަވަންދޫއަށް ގެންގޮސްފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

ޑިންގީ އާއި ލޯންޗްޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41، އަދިވެސް ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ދަނީ ގެއްލުނު މީހާ ހޯދުމަށް ހުއްޓުމެއްނެތި ހަރަކާތްތެރި ވަމުންނެވެ.