މާލޭގެ އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ރޭގައި އީދު މިސްކިތުން ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.

Ad
rt

ރޭގައި އެ މިސްކިތުން ވަގަށް ނެގީ ކިތައް ފަންކާ ކަމެއް ސިޓީ ކައުންސިލުން ނުބުނެއެވެ. ނަމަވެސް އެ މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މާލޭގެ މިސްކިތްތަކުން ވައްކަންކުރުން އާންމު ވުމާއެކު ގިނަ މިސްކިތްތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފައެވެ. މިސްކިތުން ތަކެތި ވަގަށް ނެގުމުގެ އިތުރުން ނަމާދަށް ތިބޭ މީހުންގެ ފައިވާން ވަގަށް ނެގުން ވެސް ވަނީ އާންމު ވެފައެވެ.