މި ދުވަސްވަރު ދުނިޔޭގައި ހިނގަމުން އެދަނީ އާދައިގެ ކަންކަމެއް ނޫނެވެ. އަމިއްލަ ރައްކާތެރިކަން ދަށް ކުދި ގައުމުތަކުން ފިކުރު ބޮޑު ވާންޖެހެ އެވެ.
މިދުވަސް ވަރު ދުނިޔޭގެ މަޝްރަހުގައި އެންމެ ފާހަގަ ކޮށްލެވޭ ނުތަނަވަސް ކަމަކީ ސުލައިމާނީ އަވަހާރަކޮށްލުމުގެ މައްސަލައެވެ. އެމައްސަލަ އާއި ގުޅިގެން މިއަދުވަނީ އިރާނުން ހަމަލާތައް ދޭން ފަށާފައެވެ.
އެމެރިކާގެ ކޯލީޝަން ފައުޖު ގާއިމްވެ އިރާގުގައި ތިބޭ އެއާބޭސް އަށް އީރާނުން ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން ބީބީސީ އާއި އަލްޖަޒީފާ ފަދަ ނޫސް މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިރާގުގައި ހުންނަ އަލް އަސަދު ބޭސް އަށް އީރާނުން ވަނީ ރޮކެޓުގެ ގިނަ ހަމަލާތަކެއް ދީފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ލަޝްކަރެއް ކަމަށްވާ ޤުދްސު ފޮސްގެ ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލާފައި އެމެރިކާއާއި އިސްރާއީލަށް ހަމަޖެހިލައިގެން ނުތިބެވޭނެކަމުގެ އިންޒާރު އައިއާރްޖީސީގެ ސަރަަަހައްދީ ކޮމާންޑަރަކު ވަނީ ދެއްވާފައެވެ.
ރިވޮލިއުޝަނަރީ ގާާޑްސްގެ ކިރްމާން ޕްރޮވިންސުގެ ކޮމާންޑަރު ޖެނެރަލް ޣުލާމްޢަލީ އަބޫޙަމްޒާ ވިދާޅުވީ އެމެރިކާގެ މުހިއްމު 35 އަމާޒެއްގެ އިތުރަށް އިސްރާއީލުގެ ޓެލްއަވީވް ވަނީ އީރާނުގެ ހަތިޔާރު ފޯރާ ހިސާބުގައި ކަމަށެވެ.
ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއަށް ހަމަލާ ދެވިދާނެ 13 ގޮތަކާ މެދު އީރާނުން އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ.
ސުލައިމާނީގެ މަރާ އެކު އެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައެވެ. އީރާނުން އޮތީ ސުލައިމާނީގެ މަރުގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށް ވައުދު ވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސުލައިމާނީ އަވަހާރަވި ޑްރޯން ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމުގެ ސީދާ އަމުރަކަށް ދިން ހަމަލާއެކެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ މިފަދަ ނުތަނަވަސްކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ ކަހަލަ ކުދި ގައުމުތަކަށެވެ.
އެގޮތުން މިކަން ކަމަށް އަލިއަޅުވާލާ މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުން ނަޒީފް ދެއްވި ޖަވާބު ތަކަކީ މިއަދު ދިވެހިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެކެވެ. ހަމަ ހަޤީގަތުގައިވެސް މިކަންކަމަށް އަހަރެމެން ދިވެހިން ފިކުރު ބޮޑުވާން ޖެހެއެވެ.
ފިކުރު ބޮޑުވާންޖެހެނީ
1. ކަބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރެވިފަ ނެތީމައެވެ.
2. ބޭރުން އެތެރެކުރާ ތެލަށް ހުރިހާ ކަމެއް ބަރޯސާކޮށްފަ އޮތީމައެވެ.
3. އަމިއްލަ އުފެއްދުންތެރިކަމެއް ނެތި ހުރިހާ އެއްޗެއް އިމްޕޯޓްކުރާތީއެވެ.
ފިކުރު ބޮޑުވާންޖެހެނީ
1. ކަބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރެވިފަ ނެތީމައެވެ.
2. ބޭރުން އެތެރެކުރާ ތެލަށް ހުރިހާ ކަމެއް ބަރޯސާކޮށްފަ އޮތީމައެވެ.
3. އަމިއްލަ އުފެއްދުންތެރިކަމެއް ނެތި ހުރިހާ އެއްޗެއް އިމްޕޯޓްކުރާތީއެވެ.— Nazeef (@mnazeef) January 7, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!