އެމެރިކާގެ އޮރެގަންގެ ޕޯޓްލޭންޑްގެ އޯކްސް އެމިއުޒްމަންޓް ޕާކުގެ އެޓްމޯސްފިއާ ރައިޑުގައި ހިނގި ހާދިސާއެއްގައި ފުރޮޅާލި 28 މީހަކު އަލިފާން ނިއްވާ ފަރާތްތަކުން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ.
ޕެންޑުލަމެއް ފަދައިން އޮޕަރޭޓްކުރާ އަދި ރައިޑަރުން މުޅިން ފުރޮޅާލެވޭ ގޮތަށް ދުއްވާ މި ރައިޑް ކުއްލިއަކަށް މެދުތެރެއިން ހުއްޓި ފަސިންޖަރުން ތާށިވި އެވެ.
ސޯޝަލް މީޑިއާގައި އެމިއުޒްމަންޓް ޕާކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކުރިން ވެސް ސިއްހީ ހާލަތު ގޯސްވި ހުރި އެކަކު ކަމަށެވެ. ނަމަވެސް އިތުރު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޕޯޓްލޭންޑް ފަޔަރ އެންޑް ރެސްކިއުއިން އެކްސް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ނިއްވާ ފަރާތްތަކުން އޯކްސް ޕާކްގެ އިންޖިނިއަރުންނާ ގުޅިގެން މި ހާދިސާގައި ހާލުގައި ޖެހުނު 28 މީހަކު ސަލާމަތް ކުރިއެވެ.
1905 ވަނަ އަހަރު އެންމެ ފުރަތަމަ ހުޅުވި އެމިއުޒްމަންޓް ޕާކުގައި ބުނެފައި ވަނީ ރައިޑް ހުއްޓާލުމުން މުވައްޒަފުން ވަގުތުން އިމަޖެންސީ ސާވިސަސްއަށް ގުޅާފައިވާ ކަމަށެވެ. މެއިންޓެނެންސް މަސައްކަތްތެރިންނަށް އެ ހާދިސާ ހިނގިތާ މިނެޓެއްގެ ތެރޭގައި އެ ރައިޑް އަންލޯޑިން ޕޮޒިޝަނަށް އަނބުރާ ފޮނުވާލެވުނެވެ.
2021 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެޓްމޮސްފިއާ ރައިޑްގައި މީގެ ކުރިން އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ޕާކުން ބުނެއެވެ. އަދި ވަކި ގޮތެއް އަންގަންދެން އެތަން ބަންދުކޮށްފައިވާއިރު، ޕާކުގައި ރައިޑް އުފައްދާ ފަރާތާއި ސްޓޭޓް އިންސްޕެކްޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުން ދަނީ މަޑުކުރަން ޖެހުނު ސަބަބު ދެނެގަތުމަށެވެ.
އޯކްސް އެމިއުޒްމަންޓް ޕާކުން ވަނީ ފުރަތަމަ ޖަވާބުދިން ފަރާތްތަކާއި މުވައްޒަފުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ރަނގަޅު ނަތީޖާއެއް ނެރެވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ޕާކް ހުސްކުރުމަށް އަންގާ އެންގުންތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމުން ޕާކްގެ ގެސްޓުންނަށް ޝުކުރު އަދާކޮށް، އިމަޖެންސީ ރެސްޕޮންޑަރުންނަށް މިހާލަތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނެވެ.
ޒަމާނީ އުފާވެރިކަމާއި، ގަރުނުގެ ހިތްގައިމުކަން އެކުލެވިގެންވާ މި ޕާކަކީ ނޯތުވެސްޓަރންގެ ޖީލުތަކަށް ވަރަށް ކަމުދާ މަންޒިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!