ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހެޅި ދުވަސް ދޫކޮށްފައި، ޖެހިގެން އަންނަ ދުވަހެވެ. ޕީޖީން ބުނީ އެ އޮފީހުގެ އަމާޒަކީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ.

Ad
rt

އެހެންވެ، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭ ގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރިކޯޑު ސާފު ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އަދި އެ ދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށް ޕީޖީން ބުންޏެވެ.

މީގެ އިތުރުން، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް މިއޮފީހުން މިހާރުވެސް ދެއެވެ.